ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި ޘަޤާފީ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ޤާއިމްކޮށްފައިވާ "މޯލްޑިވްސް-ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން"، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ އިފްތިތާޙު ކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިރޭ، ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލްގައެވެ.

"މޯލްޑިވްސް-ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން" އަކީ، ރާއްޖެ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ޒަމާންވީ ގުޅުން، އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށްޓަކައި، ދެ ޤައުމުގެ ސަރުކާރު ގުޅިގެން އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.

މިރޭގެ ރަސްމިއްޔާތުގައި، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގ ފުކާންގއާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.