ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްދުންމަތީ ކައްދޫ އެއަރޕޯޓްގެ ނަން ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މިއަދު ހެނދުނު ކައްދޫ އެއަރޕޯޓްގައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައްދޫ މިލިޓަރީ އެއަރޕޯޓްގެ ނަންބޯޑުގެ ފަރުދާ ކައްސަވާލަދެއްވާފައެވެ. ކައްދޫ މިލިޓަރީ އެއަރޕޯޓްގެ ނަމަކީ އިސްކަންދަރު ވައިގެ މަރުކަޒެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް ޠާރިޤު އިބްރާހީމާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދާއި، މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބަލް މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.