ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް،‏ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް، ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ، ދޫރެސް އަލްފާޟިލް އަޙްމަދު ނަޝީދާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް، މ.މާޔާ އަލްފާޟިލް އަޙްމަދު ޝިހާން ‏މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މިބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.