ހުޅުމާލޭ ކުޑަކުދިންގެ ހިޔާގައި ޤާއިމުކުރެވުނު "ފިޔަވަތި ކޮމްޕިއުޓަރ ލެބް" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމް އިފްތިތާޙު ކޮށްދެއްވައިފިއެވެ. މި ކޮމްޕިއުޓަރ ލެބަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ 50 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނީގެ ފަރާތުން ސްޕޮންސަރ ކުރައްވައިގެން ހުޅުމާލޭ ކުޑަކުދިންގެ ހިޔާއަށް ހަދިޔާ ކުރެއްވި ލެބެކެވެ.