އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން "ވަރލްޑް ޓޭބަލް ޓެނިސް ޑޭ" ފާހަގަކުރުމުގެ ގޮތުން ބާއްވަވާ ޓޭބަލް ޓެނިސް ކުޅުމުގެ ހަރަކާތްތައް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންފިއެވެ. މިހަރަކާތް ފައްޓަވައިދެއްވީ މިއަދު ހަވީރު ރަސްފަންނުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ދުނިޔޭގެ ޓޭބަލް ޓެނިހުން ޗެންޕިއަންކަން ހޯއްދަވާފައިވާ ކުޅުންތެރިޔާ ޖިއާންގ ޖިއާލިއާންގ ވަހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި 24 ގަޑިއިރަށް ދިގުދެމިގެންދާ ޓޭބަލް ޓެނިސް ކުޅުމުގެ މި ހަރަކާތްތަކުގައި ހުރިހާ ބޭފުޅުންވެސް ބައިވެރިވާން ހިއްވަރުދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް އޮނަރަބަލް އަޙްމަދު ޡުހޫރުގެ އިތުރުން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.