ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ‏ޕްރޮސިކިއުޓަރ ޖެނެރަލް ކަމުގެ ‏މަޤާމަށް ގަލޮޅު ސައިމާ ‏‏އަލްއުސްތާޛާ ‏ޢާއިޝަތު ބިސާމް ޢައްޔަން ކުރައްވައި، ‏‏އެކަމަނާއަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ.

‏‏‏އަލްއުސްތާޛާ ‏ޢާއިޝަތު ބިސާމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަމުގެ ފަތްކޮޅު ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

‏ފަތްކޮޅު ދެއްވުމުގެ ކުރިން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީގައި، ޕްރޮސިކިއުޓަރ ޖެނެރަލް ކަމުގެ ހުވާ، ‏‏އަލްއުސްތާޛާ ‏ޢާއިޝަތު ބިސާމް‏ ކުރައްވައި، ‏‏ހުވައިގެ އިޤްރާރުގައި އެކަމަނާ ސޮއިކުރެއްވިއެވެ.