ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، "ކެލާ އިންޓެގްރޭޓެޑް ރިޒޯޓް ޕްރޮޖެކްޓް" މިއަދު އިފްތިތާޙު ކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި މަޝްރޫޢު އިފްތިތާޙު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު މެންދުރުފަހު ތިލަދުންމަތި އުތުރުބުރީ ކެލާގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.