ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ދިވެހި ބަސް ބޭނުންކުރުމަށް އިތުރު ލުއި ފަސޭހަތަކެއް ފަހިކޮށްދެއްވުމަށް ފަރުމާކުރެވިފައިވާ ނިޒާމް "އަޅުގަނޑަށްވެސް ވާހަކަދެއްކޭނެ - ޔަޤީން" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މިރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ. އެކަމަނާ މި ނިޒާމް އިފްތިތާޙު ކޮށްދެއްވީ، ވާހަކަދެއްކުމުގެ 30 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައެވެ.

މިރޭގެ ރަސްމިއްޔާތުގައި، ވާހަކަދެއްކުމުގެ 30 ވަނަ ޤައުމީ މުބާރާތުގެ އެއްވަނަ ޙާޞިލްކުރި ފަރާތްތަކަށް އިނާމު ދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ.