ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކުރި ސްކޫލް ކުދިންގެ "މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ" މިއަދު ހުޅުއްވައިދެއްވައިފިއެވެ. މި ރައްމިއްޔާތު އޮތީ މިއަދު ހަވީރު ހެންވޭރު ފުޓުބޯޅަ ދަނޑުގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ކުޅިވަރަކީ ފުޓުބޯޅަކަން ފާހަގަ ކުރައްވައި، ފުޓުބޯޅައަށް އާކުޅުންތެރިން އުފެއްދުމަށްޓަކައި ކުދިންގެ ޅަ އުމުރުން ފެށިގެން އެކުދިންނަށް ފުޓުބޯޅަ ކުޅެން ހިތްވަރުދިނުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި، މިއަދު ފެށުނު މިމުބާރަތަކީ ކާމިޔާބު މުބާރާތަކަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.