މޯލްޓާއަށް ރަސްމީ ދަތުރުފުޅެއް މިހާރު ކުރައްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ޝަރަފުގައި، އެޤައުމުގެ މިނިސްޓަރ ފޮރ ފިނޭންސް، ޕްރޮފެސަރ އެޑްވަރޑް ސިކްލޫނާ، މިރޭ ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ މޯލްޓާގެ ރައީސާ، މެރީ ލުއީސް ކޮލެއިރޯ ޕުރެކާއާ ބައްދަލު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ ސިޓީފުޅެއް އެކަމަނާއަށް އަރުވާފައެވެ.