ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، މިއަދު މޯލްޓާއަށް ވަޑައިގެންފިއެވެ. އެމަނިކުފާނު މޯލްޓާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމާއެކު، އެމަނިކުފާނަށް މަރްޙަބާ ދެންނެވީ މޯލްޓާގެ ޑިރެކްޓަރ އޮފް ޕްރޮޓޮކޯލް އެންޑް ކޮންސިއުލަރ ސަރވިސަސް، ޕިއެރް މަލިއާއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މި ދަތުރުފުޅުގައި، މޯލްޓާގެ ރައީސާއާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ ސިޓީފުޅެއް އެކަމަނާއަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.