ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، މިޞްރަށް ވަޑައިގެންފިއެވެ. އެމަނިކުފާނު ކައިރޯ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމާއެކު، އެމަނިކުފާނަށް މަރްޙަބާ ދެންނެވީ މިޞްރުގެ މިނިސްޓަރ އޮފް ވޯޓަރ ރިސޯސަސް އެންޑް އިރިގޭޝަން، ހުސާމް މުޣާޒީއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މިދަތުރުފުޅަކީ، ދެވަނަ ސުއެޒް ކެނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.