މިނިވަން 50އާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށް ދެއްވުމަށް ހަމަޖެހިފައިވާ "މިނިވަން 50 މެޑަލް"، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހަދިޔާކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މިމެޑަލް އެރުވީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދެވެ.