މިއަހަރުގެ ފިޠުރު ޢީދާ ގުޅިގެން ބޭއްވި ބައިބަލާ މުބާރާތުގެ ފައިނަލް މެޗް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބައްލަވާލައްވައިފިއެވެ. މިރޭ ކާނިވާ ސަރަހައްދުގައި އޮތް މިމެޗްގައި އެލް.ޓީ. ސްޕޯޓްސްއާ ބައްދަލުކޮށް މުބާރާތުގެ ޗެމްޕިޔަންކަން ހޯދި ކްލަބް ޒެފްރޯލަށް، ބައިބަލާ އެސޯސިއޭޝަނުން ދެއްވާ މިލްކުވާ ތަށްޓާއި، އެ އެސޯސިއޭޝަނުން ދެއްވާ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބެވެ.