މިނިވަން ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ސަލްޓަން ޕާކުގައި ތައްޔާރުކުރެއްވި "މިނިވަން 50 ހުޅުދާން ބަގީޗާ"، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މިރޭ ހުޅުވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި، "މިނިވަން 50 ހުޅުދާން ބަގީޗާ" ތައްޔާރުކޮށްދެއްވިކަމަށްޓަކައި އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހަނދާނީ ފިލައެއް އެރުވުން އޮތެވެ. މި ހަނދާނީ ފިލާ އެފަރާތާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި މިރޭގެ މިރަސްމިއްޔާތުގައި، މިނިވަންކަމުގެ ރަންޔޫބީލް މުނާސަބަތާއި، ޖަމާލުއްދީން ސްކޫލަށް ތިރީސް އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ތައްޔާރުކުރެވިފައިވާ ލަވަ ސީޑީއެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް އެރުވިއެވެ.