މާދަމާ، ނޮވެންބަރު 17 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ހަމަޖައްސަވައިފިއެވެ. މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މާދަމާއަކީ، އާ ރައީސުލްޖުމްހޫރިއްޔާ، މަޤާމުގެ ހުވާކުރައްވައި، މަޤާމާ ހަވާލުވެވަޑައިގަންނަވާ ދުވަސް ކަމަށްވާތީއާއި، ރިޔާސީ އިންތިޚާބުގެ އެކި މަސައްކަތްތަކުގައި މިއަދާއި، މިރޭ، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު، އުޅުއްވަން ޖެހިވަޑައިގެންފައިވާތީއެވެ.