ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އެމަނިކުފާނުގެ ވަދާޢީ ތަޤްރީރު މާދަމާ ހެނދުނު ދެއްވާނެއެވެ. ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި، އެމަނިކުފާނު މި ތަޤްރީރު ކުރައްވާނީ، މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.