މިނިސްޓަރ އޮފް ހެލްތްގެ މަގާމުން ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދު އިސްތިޢުފާ ދެއްވައިފިއެވެ.

އިސްތިޢުފާ ދެއްވުމާ ގުޅިގެން، ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، މިނިސްޓަރ އޮފް ހެލްތްގެ މަޤާމުގައި ހުންނަވައިގެން އަދި އޭގެކުރިން މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ މަޤާމުގައި ހުންނަވައިގެން، ޞިއްޙީ ދާއިރާގެ ކަންކަން ރަނގަޅުކޮށްދެއްވުމަށް، މި ސަރުކާރުގައި އެމަނިކުފާނު ކޮށްދެއްވާފައިވާ އިޚްލާޞްތެރި ޚިދްމަތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މިނިސްޓަރ އޮފް ހެލްތްގެ މަޤާމު ހުސްވުމާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތް ވަގުތީގޮތުން ހިންގެވުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް ޑޮކްޓަރ އާމާލް ޢަލީއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވައިފިއެވެ.