ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަޤާމަށް، މާފަންނު އާސްތާނާ އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ޢައްޔަން ކުރައްވައިފިއެވެ.

މީގެއިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމަށް، އައްޑޫސިޓީ ހިތަދޫ އާޒާދީގޭ އަލްފާޟިލް ޢަލީ ޞާލިޙު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވިއެވެ. ޢަލީ ޞާލިޙު މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނައިބު ކަމުގެ މަޤާމުގައެވެ. އަދި ޗައިނާގެ ގުވަންޒޯގައި ހުންނަވާ ޓްރޭޑް ރެޕްރެޒެންޓެޓިވްގެ މަޤާމަށް، ހެންވޭރު ނޫކުރިކީލަ އަލްފާޟިލް ޢައްބާސް ޢާދިލް ރިޒާ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. ޢައްބާސް ޢާދިލް ރިޒާ މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމުގައެވެ.