މި އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭ މުހިންމު ބައެއް ކަންތައްތަކާ ބެހޭގޮތުން، ރިޔާސީ ތިން ކެންޑިޑޭޓުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ބައްދަލުކޮށްލެއްވުމަށް ހަމަޖައްސަވައިފިއެވެ. މިބައްދަލުކުރެއްވުން ބާއްވަވާ ގޮތަށް ހަމަޖެއްސަވާފައިވަނީ މި ނޮވެންބަރު 6 ވާ ބުދަދުވަހުގެ މެންދުރުކުރީ 11.30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވައި، އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ.

ރިޔާސީ ކެންޑިޑޭޓުންނާ ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުކޮށްލައްވަނީ، ރާއްޖޭގައި މިބޭއްވޭ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި، އަދި އޮމާން ޞުލްޙަވެރި އިންތިޚާބަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާތީއެވެ.