އަޟްޙާ ޢީދު ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. ރާއްޖޭގެ ޚަބަރުފަތުރާ ވަޞީލަތްތައް މެދުވެރި ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރެއްވުން އޮންނާނީ، މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.