އިލެކްޝަންސް ކޮމިޝަންގެ މެންބަރު ގަލޮޅު ކަލާވެހި އަލްފާޟިލް އިބްރާހީމް ވަޙީދު، ކޮމިޝަންގެ މެންބަރުކަމުން އިސްތިޢުފާ ދެއްވައި، އެކަމުގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް މިއަދު ފޮނުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 174 ވަނަ މާއްދާގައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރަކު، މެންބަރުކަމުން އިސްތިޢުފާ ދޭން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އެ މެންބަރަކު މެންބަރުކަމުން ވަކިވީ ކަމުގައެވެ.