ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަންގެ މަގާމަކީ، ސްޓޭޓް މިނިސްޓަރ ފެންވަރުގެ މަގާމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. އެމަގާމުގައި މިހާރު ހުންނެވީ އަލްފާޟިލް ޢަބްދުއްރަޝީދު ނާފިޒެވެ. އެމަގާމު ކުރިން ހަމަޖައްސަވާފައިވަނީ ނައިބުން ފެންވަރުގެ މަގާމެއްގެ ގޮތުގައެވެ.