ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، ސްވިޑްންގެ ސަފީރުގެ އަނބިކަނބަލުން އެލްސަ ސެންޑްބަރގްއާ މިއަދު މެންދުރުކުރީގައި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ހިލާލީގޭގައެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިޖުތިމާޢީ އެކިއެކި ކަންކަމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ރާއްޖޭގައި ތިބި އޯޓިޒަމްގެ ބަލިކުދިންނަށް ފަރުވާ ދިނުމުގައި ދިމާވަމުންދާ ދަތިތަކާބެހޭ މަޢުލޫމާތު، މިސް އެލްސަ ސެންޑްބަރގްއާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހިއްސާކުރެއްވިއެވެ.