އަލްފާޟިލް އަޙްމަދު ނަޝީދު
ހ. މާކޯޅިގެ

އަޙްމަދު ނަޝީދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 6 މޭ 1987 ގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކާތިބެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، ކަސްޓަމްސްގެ ކޭޝިއަރ ކަމާއި، ސީނިއަރ ކޭޝިއަރ ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރު ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ޗީފް ކަސްޓަމްސް އޮފިސަރު ކަމާއި، އަދި ސުޕްރިންޓެންޑެންޓް ކަމުގެ މަގާމު އަދާކުރެއްވިއެވެ. މިހާރު ހުންނެވީ، ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް ކަމުގެ މަގާމުގައެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، މައިގަނޑު ގޮތެއްގައި އަޙްމަދު ނަޝީދު ކުރެއްވީ، ފައިސާއާބެހޭ މަސައްކަތްތަކެވެ. އެގޮތުން، ކަސްޓަމްސް އަށް ލިބޭ ފައިސާ ބަލައިގަނެ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ޖަމާކުރެއްވުމާއި، އެކަމާ ގުޅޭ އެންމެހައި ރިޕޯޓުތައް ތައްޔާރުކުރައްވައި، ކަމާބެހޭ އިދާރާތަކަށް ފޮނުއްވުމާއި، މުވައްޒަފުންނަށް މުސާރަ ދިނުމާބެހޭ ކަންކަމާއި، ބަޖެޓް ރިޕޯޓުތައް ތައްޔާރުކުރައްވައި، އެކިއެކި އިދާރާތަކަށް ފޮނުއްވުމުގެ މަސައްކަތް ކުރެއްވިއެވެ. އަދި މެނުއަލްކޮށް ފައިސާ ބަލައިގަތް ދުވަސްވަރު، މަސައްކަތްތައް އިތުރުވަމުން ދިޔުމުގެ ސަބަބުން މަސައްކަތަށް ގެންނަންޖެހުނު ލުއިފަސޭހަ ބަދަލުތައް، ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގެންނަވައިފައި ވެއެވެ.

16 މާރިޗު 2022ން ފެށިގެން އަޙްމަދު ނަޝީދު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންސް ޑިވިޜަންގެ ޑެޕިއުޓީ ޑިވިޜަން ހެޑް ކަމުގެ މަގާމުގައެވެ.

އަޙްމަދު ނަޝީދު ވަނީ ކަސްޓަމްސްގެ ބައެއް ކޮމިޓީތަކުގެ ތެރެއިން، ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީގެ ހިންގާ ކޮމިޓީގައި 2019 ވަނަ އަހަރު ޚިދުމަތް ކުރައްވައިފައެވެ.

ކަސްޓަމްސްއަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެކިއެކި ކާމިޔާބީއާއި ރީތި ނަން ހޯދައިދޭ އޮފިސަރުންގެ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަސްޓަމްސް އޮފިސަރުންނަށް ދެއްވާ ޝަރަފުގެ ނިޝާނާއި ކުލަތަކުގެ ތެރެއިން ޤާބިލުކަމުގެ ކުލައާއި، ކާމިޔާބުގެ ރަންކުލައާއި، އަޚްލާޤީ ކުލައާއި، އިޚުލާޞްތެރި ކަމުގެ ކުލައާއި، ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތުގެ ޚިދުމަތުގެ ކުލައާއި، 125 އަހަރުގެ ކުލަ އަދި ހާޒިރީ ކުލަ، އަޙްމަދު ނަޝީދު ހާސިލުކުރައްވައިފައި ވެއެވެ.