އަލްޙާފިޡް މިބުސާމް ސަލްމާން
ހެވަންލީޑް ގދ. ތިނަދޫ

ކީރިތި ޤުރްއާން ހިތުދަސްކުރަން ފެށީ، ބައްޕަ ދެއްވި ހިތްވަރާއި އިރުޝާދުގެ ދަށުން، އުމުރުން އެންމެ 6 އަހަރުގައި، މަންމައާއި ދައްތަގެ އެހީތެރިކަމާ އެކުގައެވެ. ކީރިތި ޤުރްއާން ހިތުދަސްކުރުމަށް ވަކި ވަގުތެއް ކަނޑައަޅައިފައި ނެތްކަމަށްވިޔަސް، ހިތުދަސްކުރަމުން ގެންދިޔައީ، ދަސްކުރާހިތްވާ ގަޑީގައި، އެ ދުވަހަކު ދަސްކުރެވޭނެ އެންމެގިނަ މިންވަރެއް ދަސްކުރަމުންނެވެ. ކީރިތި ޤުރްއާން އެކީގައި ހިތުދަސްކޮށް ނިމުނީ،
2020 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. ޤުރްއާން މުރާޖަޢާކޮށް ނިމުނީ 2 އަހަރާ 8 މަސްދުވަހުންނެވެ. ޤުރްއާން ހިތުދަސްކުރުމުގެ ފުރުޞަތު، ބައްޕަގެ އެހީތެރިކަމާއެކުގައި ތަނަވަސްކޮށްދެއްވައި، ޢާއިލާގެ ފަރާތުން އެކަމަށް ލިބުނު ބޮޑު އެހީތެރިކަން މިބުސާމް ފާހަގަކުރެއެވެ. އުމުރުން އެންމެ 14 އަހަރުގައި ކީރިތި ޤުރްއާން ހިތުދަސްކޮށް، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، 23 މޭ 2023 ގައެވެ.