އަލްޙާފިޡާ ރައުޙާ އިސްމާޢީލް
ދިލްޝާދުގެ، ދ.މީދޫ

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ، އޯލެވެލް ނިންމެވުމަށްފަހު، އޭލެވެލް އަށް ކިޔަވައި ވިދާޅުވުމަށް މާލޭގައި ހުންނެވި ދުވަސްވަރުއެވެ. ޤުރްއާން ހިތުދަސްކުރެއްވުމަކީ، މައިންބަފައިން އަބަދުވެސް އެދިވަޑައިގަންނަވާ ކަމަކަށްވާތީ، އެ ޢަޒުމުގައި ހިތުދަސްކުރައްވަން ފެށްޓެވިއެވެ. އެންމެ ފުރަތަމަ ޤުރްއާން ހިތުދަސްކުރައްވަމުން ގެންދެވީ ގޭގައެވެ. ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތީ، 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. ކީރިތި ޤުރްއާން އެކީގައި ހިތުދަސްކުރައްވައި މުރާޖަޢާކޮށް ނިންމެވީ، 21 ފެބުރުވަރީ 2023 ގައެވެ. ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ، 9 އެޕްރީލް 2023 ގައެވެ.