އަލްޙާފިޡް ޙަސަން ނަޞީރު
ޒިއުރިކް ސ. ހިތަދޫ

ކީރިތި ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ، ބައްޕަގެ އެދިވަޑައިގަތުމުގެ މަތިންނެވެ. ޤުރްއާން ދަސްކުރައްވަން ފެށްޓެވީ، 30 ވަނަ ފޮތުންނެވެ. ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ، ދަސްކުރައްވަން ފެށްޓެވިތާ 8 އަހަރު ފަހުން 2014 ވަނަ އަހަރުއެވެ. އެއަށްފަހު މުރާޖަޢާ ކުރައްވަމުން ގެންދެވިއެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން ކޮންމެ ރަމަޟާން މަހަކު ތަރާވީޙު ނަމާދު އިމާމުވެވަޑައިގެން ކުރައްވައި ޚަތިމް ކުރައްވަމުން ގެންދެވިއެވެ. އެއީ، ޤުރްއާން މުރާޖަޢާ ކުރެއްވުމަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ހިތްވަރެކެވެ. ޤުރްއާން ހިތުދަސްކުރެއްވުމުގައި އެންމެ ބޮޑަށް އެހީތެރިވެދެއްވީ، ޙަސަން ނަޞީރުގެ އުސްތާޛު އަލްޙާފިޡް މުޙައްމަދު ރޫޙުލްއަމީނެވެ. ކީރިތި ޤުރްއާން ހިތުދަސްކުރައްވައި، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ، 20 މާރިޗު 2023 ގައެވެ.