އަލްޙާފިޡާ މަރްޔަމް މުޙައްމަދުދީދީ
މުއްތުސަންބާގެ ސ. ހިތަދޫ

 ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން ހިތްޕުޅުގައި އުފެދުނީ، ތަފާތު ދަރުސްތައް އަޑުއެއްސެވުމުގެ ތެރެއިންނެވެ. އެގޮތުން ޤުރްއާން ހިތުދަސްކުރައްވަން ފެށްޓެވީ، އުމުރުން 34 އަހަރުގައެވެ. އެންމެ ފުރަތަމަ ޤުރްއާން ފަރިތަކުރައްވަން ފެށްޓެވީ، ހިތަދޫ މަސްޖިދުއްޝޫރާގައި، އެ ރަށު ފިތުރޯނުގޭ އަލްމަރްޙޫމް އަލްޙާފިޡް މުޙައްމަދު ޙުސްނީ ހިންގެވި ޙިފްޡު ކުލާހުގައި ބައިވެރިވެވަޑައިގަންނަވައިގެންނެވެ. ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ، ސ. ހިތަދޫ މުއްތުސަންބާގޭ އަލްޙާފިޡް އަޙްމަދުދީދީ ހިންގެވި ކުލާހުން 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. އެންމެ ފުރަތަމަ ޤުރްއާން މުރާޖަޢާ ކުރެއްވީ، ޢާއިލާގެ އެހީތެރިކަމާ އެކުގައެވެ. އަހަރެއްހާ ދުވަހުގެ ތެރޭގައި ޤުރްއާން މުރާޖަޢާކޮށް ނިންމެވިއެވެ. އެކަމުގައި އެންމެބޮޑު އެހީތެރިކަމެއް ވެދެއްވީ، ސ. ހިތަދޫ ހިތްފަހި އަލްޙާފިޡް މުޙައްމަދު ޞާލިޙް އަޙްމަދުކަން މަރްޔަމް މުޙައްމަދުދީދީ ފާހަގަކުރައްވައެވެ. ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ، 2023 މާރިޗު މަހުގެ 1 ވަނަ ދުވަހުއެވެ.