އަލްޙާފިޡް ޝަޢަފް ޙާމިދު އިބްރާހީމް
މަލާޒް ޅ. ނައިފަރު

ކީރިތި ޤުރްއާން ހިތުދަސްކުރުމަށް ޝައުޤުވެރިވެ، ހިތުދަސްކުރަން ފެށީ، އުމުރުން އެންމެ ތިން އަހަރުގައެވެ. އޭރު ކިޔަވަމުން ގެންދިޔައީ، ޝަޢަފްގެ ލޮބުވެތި މަންމަގެ އަޑުދަށުންނެވެ. އަދި އޯޑިއޯގެ ޒަރީއާއިން ޤުރްއާން އަޑުއަހަމުންނެވެ. ތިން އަހަރު ފުރުނުއިރު، ޢައްމާ ފޮތް އެކީގައި ހިތުދަސްކޮށް، އުމުރުން 9 އަހަރުގައި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކުލާހުގައި ބައިވެރިވިއިރު، 7 ފޮތް ހިތުދަސްކުރެވިފައި ވެއެވެ. ކީރިތި ޤުރްއާން އެކީގައި ހިތުދަސްކޮށް ނިމުނީ 2021 ވަނަ އަހަރުއެވެ. އަދި 2022 ވަނަ އަހަރު، މަރުކަޒުގެ މުރާޖަޢާ ކުލާހަށް ބަދަލުވެ، ދެފަހަރު މުރާޖަޢާކޮށް، 2023 ޖަނަވަރީ މަހު، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކޮމިޓީއަށް ކިޔައިދިނެވެ. ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރީ، އުމުރުން އެންމެ 12 އަހަރުގައި، 2023 ފެބުރުވަރީ މަހުގެ 2 ވަނަ ދުވަހުއެވެ.