އަލްޙާފިޡާ އާމިނަތު އައިފާ
އަލިވިލާގެ ފ. ބިލެތްދޫ

އާމިނަތު އައިފާ ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމަކީ، އައިފާގެ މަންމަގެ އިތުރުން، ބިލެތްދޫ ލާރނިންގ ސެންޓަރުގެ މުދައްރިސްގެވެސް އުންމީދެކެވެ. ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ، އުމުރުން 13 އަހަރުގައި، 2017 ވަނަ އަހަރު އެ ސެންޓަރުގެ ޙިފްޡު ކުލާސް ހުޅުވި، އެ އަހަރުގެ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި 10 ފޮތުގެ ބައިން ނުބަލައި ކިޔެވުމުގެ ގޮފީގައި ބައިވެރިވެވަޑައިގެންނެވި ހިސާބުން ފެށިގެންނެވެ. ޤުރްއާން ހިތުދަސްކުރައްވައި، ޤުރްއާން މުދައްރިސަށް ކިޔުއްވައިދެއްވައި ނިންމެވީ، 2020 ވަނަ އަހަރުއެވެ. އޯލެވެލްއަށްފަހު ލިބުނު ޗުއްޓީގެ ތެރޭގައި މުރާޖަޢާ ކުރެއްވުން ކުރިއަށް ގެންދެވިއެވެ. އަދި އޭލެވެލްއަށް ކިޔެވުމަށް މާލެއަށް ބަދަލުވެވަޑައިގެން، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މުރާޖަޢާ ކުލާހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ޙިފްޡު ކޮމިޓީއަށް ކިޔުއްވައި ދެއްވައި، ކީރިތި ޤުރްއާން ހިތުދަސްކުރައްވައި، ސަނަދު ހާސިލުކުރެއްވީ، 15 ޑިސެންބަރު 2022 ގައެވެ.