އިބްރާހީމް ފައިޞަލް މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވަނީ މެލޭޝިއާގެ ވެސްޓްމިންސްޓަރ އިންޓަނޭޝަނަލް ކޮލެޖުންނެވެ. އެއީ ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިންނެވެ. ސަރުކާރުގެ ޚިދުމަތުގައި އެމަނިކުފާނު ފުރަތަމަ މަސައްކަތްކުރެއްވީ ފުލުހުންގެ އިދާރާގައެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރކަމުގެ މަގާމު 2013 ވަނަ އަހަރުން 2015 ވަނަ އަހަރަށް އަދާކުރެއްވިއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް އެމަނިކުފާނުވަނީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި ޚިދުމަތްކުރައްވާފައެވެ.