ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޕީއެޗްޑީ ޙާޞިލްކުރައްވާފައިވަނީ އިސްލާމިކް އިކޮނޮމިކްސްގެ ރޮނގުންނެވެ. އެމަނިކުފާނަކީ، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމް ޝަޚްޞިއްޔަތުގެ ލިސްޓުގައި މިހާރުވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ބައިނަލްއަޤްވާމީ ބޮޑެތި އިސްލާމީ ޖަމާޢަތްތަކުގައި ޚިދުމަތްކުރައްވާ މަތީ މަގާމުތައް ފުރުއްވާފައިވެއެވެ. ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރުކަމާ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރކަންވެސް ކުރައްވާފައިވެއެވެ. ދީނީ އަދި ޢިލްމީ މައުޟޫޢުތަކުގައި ވަރަށް ގިނަ ފޮތްތައް ލިޔުއްވާފައިވެއެވެ. އެމަނިކުފާނަކީ ދީނީ ހޭލުންތެރިކަމާ ޢިލްމު ފެތުރުއްވުމުގައި ވަރަށް މަޤްބޫލު ބޭފުޅެކެވެ.