ރާއްޖޭގެ ބައެއް ރިޒޯޓު ކުއްޔަށް ދެވިފައިވާ މުއްދަތު 50 އަހަރަށް އިތުރުކުރެއްވުމަށް ސަރުކާރުން ކަނޑައަޅުއްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމާ ގުޅިގެން ބައެއް ފަރާތްތަކަށް އޮޅުންއަރާފަދަ ގޮތްގޮތަށް ޚަބަރު ފެތުރެމުންދާތީ އެކަމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނޫސްބަޔާނެއް ނެރުއްވައިފި
4 ޑިސެންބަރު 2008
ރީތިރަށް ރިޒޯޓުގެ މައްސަލައިގައި ކަމާގުޅޭ ފަރާތްތަކަށް ޞުލްޙަވެރި ޙައްލަކަށް އާދެވިފައިވާތީ، ދިވެހި ސަރުކާރުން އެކަމަށް މަރްޙަބާ ވިދާޅުވެއްޖެ
2 ޑިސެންބަރު 2008
ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމުގެ އެންމެހާ ކަންކަމުގައި ރައްޔިތުން ބައިވެރިވެވަޑައިގެން ސަރުކާރަށް ދެއްވި އެއްބާރުލެއްވުމަށްޓަކައި ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފި
24 ނޮވެންބަރު 2008
ބޭސްފަރުވާއާއި އެފަދަ އެހެނިހެން އެހީގެ ކަންތައްތަކުގައި މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ވެލްފެއަރއާ ބެހޭ ބަޔަށް ހުށަހަޅުއްވަމުން ގެންދެވުމަށާއި، ޝަރުޢީ އަދި ޤާނޫނީ މައްސަލަތަކުގައި އެފަދަ ކަންކަން ޝަރުޢީ ކޯޓުތަކަށް ހުށަހަޅުއްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެދިވަޑައިގެންފި
20 ނޮވެންބަރު 2008
ދައުރު ހަމަވި ސަރުކާރުގެ އިސްބޭފުޅުންނަށާއި، ކުރީގެ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްވާ ގޮތަށް މަލާމާތާއި ފުރައްސާރައިގެ ބަސްތައް ހިމަނުއްވައިގެން، ޅެން ފަރިހި އަދި ލަވަ ހަދައި ޢާންމު ތަންތާނގައި ޖަހަމުން ގެންދިޔުމަކީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގަންނަވާ ކަމެއް ނޫންކަން ހާމަކުރައްވައިފި
18 ނޮވެންބަރު 2008