ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމަށް ޙަސަން ޢަފީފް އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމަށް ޝިފާ މުޙަންމަދު ޢައްޔަން ކުރައްވައި، އެދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފި
11 ޑިސެންބަރު 2010
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ އިބްރާހިމް ދީދީ، އެ މަގާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެ މިނިސްޓްރީ ހިންގެވުން މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ އާމިނަތު ޖަމީލްއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވައިފި
11 ޑިސެންބަރު 2010
ރައީސުލްޖުމްހޫރިއްޔާ، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ކަމުގެ މަގާމަށް މުޙަންމަދު ޝިހާބު ޢައްޔަން ކުރައްވައިފި
11 ޑިސެންބަރު 2010
ފަރުފަޅުގެ ދިރުން އާލާކުރުމުގެ މަސައްކަތަކީ، ރާއްޖޭގެ މުއްސަނދިކަމާއި ޤުދުރަތީ ވަސީލަތްތަކުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ފޯރުވައިދިނުމަށް ކުރެވޭ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
10 ޑިސެންބަރު 2010
ދައުލަތުގެ އެންމެމަތީ ވެރިޔެއްގެ ގޮތުގައި ހުންނެވިހާ ހިނދަކު
ރާއްޖޭގެ ރައްޔިތަކަށް ނުޙައްޤު ބޮޑެތި ޖިސްމާނީ އަނިޔާ ނުލިބޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު،
ރާއްޖޭގެ ރައްޔިތުންނަށް ދެއްވައިފި. ފަޅާއި، ފަރާއި، ވިލުގައި ހުރި ދިރުމާއި، ޤުދްރަތީ މުއްސަނދިކަން ބޭނުންކޮށް، އެ މުއްސަނދިކަމުގެ ނަފާ، ރާއްޖޭގެ ރައްޔިތުންނަށް ހޯއްދަވައިދެއްވުމަކީ، މިވަގުތު ސަރުކާރުން ކުރައްވަންޖެހޭ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
10 ޑިސެންބަރު 2010
ރުހުން ލިބިވަޑައިނުގަތުމުގެ ސަބަބުން ވަޒީރުކަމުން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާކަމަށް ސްޕްރީމް ކޯޓުން ޙުކުމް އިއްވީމާ، ރައީސުލްޖުމްހޫރިއްޔާގެ ވާޖިބަކީ، އެ ޙުކުމަށް ތަބަޢަވެވަޑައިގެން ކުރިއަށްވަޑައިގަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ
10 ޑިސެންބަރު 2010
މަސްވެރިންގެ ދުވަހުގެ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ، އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ވަޑައިގެންފި
10 ޑިސެންބަރު 2010
ރައީސުލްޖުމްހޫރިއްޔާ، ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރުގެ މަގާމަށް އަމީން ފައިޞަލް ޢައްޔަން ކުރައްވައިފި
10 ޑިސެންބަރު 2010
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމް، އެ މަގާމުން މިއަދު އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެ މިނިސްޓްރީ ހިންގެވުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މަޙްމޫދު ރާޒީއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވައިފި
10 ޑިސެންބަރު 2010
ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމަކަށް، އެއްވެސް ފަރާތަކުން ފުރްޞަތު ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި
9 ޑިސެންބަރު 2010