بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު ދަންނަވާލަން، ފާހަގަކުރަން ބޭނުންވާ ބައެއް ނުކުތާ އެބަހުރި. ޢަމަލު ކުރަމުންމިދާ ޤާނޫނުއަސާސީއަކީ، މީގެކުރީގައި ރާއްޖޭގައި ރައްޔިތުންނަށް ލިބިދީފައިނުވާ، ނުލިބި އޮތް ރައްޔިތުންގެ ޒިންމާތައްވެސް ފާހަގަކޮށްދޭ އެއްޗެއް. އެންމެހާ ރައްޔިތުން ހިފަހައްޓާންޖެހޭ އެއްޗެއް. މީހުންގެ އަބުރުވެސް އެބަ ހިފަހައްޓަންޖެހޭ. އަޅުގަނޑުމެންގެ މަސައްކަތްތެރިންނަށް މިއަދު ލިބިދޭންޖެހޭ އެތައް ޙައްޤެއްވާއިރުގައި، އެކަމާ ގުޅިގެން އެމަސައްކަތްތެރިންނަށް އަދި އެނގެންޖެހޭ ނުވަތަ ސާފުވާންޖެހޭ ޙަޔާތް. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންގެ ދެމެދުގައި ދިމާވާ ކަންކަމުގައި ވާހަކަ ދައްކަވައިގެން ޙައްލު ހޯއްދަވައި، އެޙައްލުތަކުގެ މަތީގައި ތިއްބަވާނީ.

އަޅުގަނޑު، މިތާ މިބާއްވާ މިކުޑަކުޑަ ރަސްމިއްޔާތު ނިމުމަށްފަހުގައި، ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ، ތިޔަބޭފުޅުންނަށް މިމަގާމުތައް އަޅުގަނޑު ހަވާލުކުރި ކަމުގެ ލިޔުމާއި، އެކަމާގުޅޭ އެހެން މަޢްލޫމާތު. އަޅުގަނޑު އުންމީދުކުރަނީ، މިއާ އަހަރުއްސުރެން ފެށިގެން ތިޔަބޭފުޅުން މިމަސައްކަތް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް. ވަރަށްބޮޑަށް ޝުކުރިއްޔާ!