މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
 
މިވަގުތު މިއޮފީހުގައި ހުރި ހުސް މަގާމު:
1. މަގާމުގެ ނަން
ސްޕެޝަލް ސަޕޯޓް އެސިސްޓެންޓް
ރޭންކް:
އެސް.އެސް 1
އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް:
ކޯޕަރޭޓް ސަރވިސް އޮފީސް/ ފައިނޭންސް އެންޑް މެއިންޓެނަންސް
ބޭނުންވާ އަދަދު:
1 (އެކެއް)
އަސާސީ މުސާރަ:
3,100.00 ރުފިޔާ
ސަރވިސް އެލަވަންސް:
1,000.00 ރުފިޔާ
ޚާއްޞަ އެލަވަންސް:
1,395.00 ރުފިޔާ (އަސާސީ މުސާރައިގެ %45)
ލިވިންގ އެލަވަންސް:
2,500.00 ރުފިޔާ
އޮގްޒިލަރީ ސަރވިސް އެލަވަންސް:
700.00 ރުފިޔާ
މަގާމުގެ ޝަރުޠު:
-      ލިޔަން ކިޔަން ދަތުން.
-      ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން.
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
-    ހައުސްކީޕިންގ އާއި މެއިންޓެނަންސްގެ މަސައްކަތްތައް
-    (މައިގަނޑު މަސައްކަތްތައް: ކުލައާއި ދަވާދު ލުން، ފުރާޅު ސާފުކުރުން، އޮފީހުގެ ގަސްތަކަށް ފެންޖަހާ ބެލެހެއްޓުން، ބަރު ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުން)
ހުށަހަޅަންޖެހޭ ތަކެތި:
1.    "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".
2.    ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
3.    ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
 
  މި މަގާމަށްޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު،  25 ނޮވެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން،މިއޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ.
 
އަދިވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidency.gov.mv އެވެ.
21 ނޮވެންބަރު  2021