ޓްރެވަލް އެންޑް ޓޫރިޒަމް މާކެޓުތަކަށް އަމާޒުކޮށްގެން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް އިވެންޓް ކަމަށްވާ ވޯރލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް)ގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ލަންޑަނަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި މަތީ ފަންތީގެ ވަފުދުގެ ބޭފުޅުން، ޑަބްލިއުޓީއެމް އަށް މި ވަޑައިގެންނެވީ، ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދިޔަ މި އަހަރުގެ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް (ކޮޕް26) ގައި ބައިވެރިވެވަޑައިގަތުމަށްފަހުގައެވެ. މިއީ ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ދިވެހި ދަޢުލަތުގެ ވެރިޔެއް މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.