ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލަރގެ މަގާމަށް ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ބޯގަންވިލާ ޝާޠިރު ޢަބްދުއްރަޙްމާން، ރައީސުލްޖުމްހޫރިއްޔާ އިސްކުރައްވައިފިއެވެ. ޝާޠިރު ޢަބްދުއްރަޙްމާން މިހާތަނަށް ހުންނެވީ، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލަރުގެ މަގާމުގައެވެ. މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލަރުގެ މަގާމަށް ކުޑަހުވަދޫ ބުލްބުލާގޭ މުޙަންމަދު ޙުސައިން، ރައީސުލްޖުމްހޫރިއްޔާ އިސްކުރައްވައިފިއެވެ.