ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ އިސްވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް 128 އަހަރު ފުރުމުގެ މުނާސަބާގައިރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ އިސްވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް 128 އަހަރު ފުރުމުގެ މުނާސަބާގައި ސިފައިންގެ އިސްވެރިންނާއި ހުރިހާ ރޭންކުތަކުގެ ސިފައިންނާއި އަދި ދިވެހި ސިފައިންގެ ލޮބުވެތި ޢާއިލާތަކަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ފޮނުއްވައިފިއެވެ. އެމަނިކުފާނު ތަހުނިޔާ ފޮނުއްވާފައިވަނީ ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވެވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވި ގޮތުގައި ދިވެހި ސިފައިންގެ ދުވަސް ފާހަގަކުރާއިރު، ސިފައިންގެ ކޮންމެ މީހެއްގެ ހަނދާނުގައި ތާއަބަދު ހަރުލާފައި ހުންނަންޖެހޭނެ ކަމަކީ، ސިފައިންނަކީ، ދިވެހި ރައްޔިތުންގެ އުންމީދާ މަޞްލަޙަތު، އެބަޔަކާ އެންމެ ބޮޑަށް ގުޅިފައިވާ މީހުންކަމާއި ދިވެހި ރައްޔިތުންނާ ދިވެހި ދައުލަތުގެ ފަޚުރާއި ޝަރަފަކީ، ޤައުމާއި ރައްޔިތުން ދިފާޢުކުރުމަށް، ސިފައިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ސާބިތުކަމާއި ވަރުގަދަ ޢަޒުމްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޚިޠާބުގައި ދިވެހި ޢަސްކަރިއްޔާއަކީ ދިވެހި ރައްޔިތުންނާ ދިވެހި ދައުލަތުގެ ދިފާޢީ އައްޑަނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދިވެހި ޢަސްކަރިއްޔާގެ ޢަޒުމަކީ، ސިފައިންގެ އެންމެ ފަހު މީހާގެ، އެންމެ ފަހު ނޭވާއާ ޖެހެންދެންވެސް، ޤައުމުގެ ޙައްޤުގައި ޤުރްބާންވުންކަން ފާހަގަކުރައްވައި މިއަހަރުގެ ސިފައިންގެ ދުވަސް މިފާހަގަކުރަނީ، ހަމައެފަދަ ވަރުގަދަ ޢަޒުމެއްގައި، ޤައުމީ ވަރަށް މުހިންމު މަސައްކަތެއްގައި، ދިވެހި ސިފައިން ޚިދުމަތް ކުރަމުން އަންނަ ދުވަސްވަރެއްގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މުޅި ދުނިޔެއާއި އަދި ރާއްޖޭގައިވެސް މިހާރު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކަލުން، ދިވެހި ޤައުމު ރައްކާތެރިކުރުމަށް މި ކުރާ ޤައުމީ މަސައްކަތުގައި ދިވެހި ސިފައިން އަދާކުރަމުން ގެންދަވަނީ ވަރަށް މުހިންމު ދައުރެއްކަން ފާހަގަކުރައްވައި މި ނުރައްކާތެރި މަސައްކަތުގެ ކުރީ ސަފަށް، ދިވެހި ސިފައިން ނުކުމެ އެތިބީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ވަރުގަދަ ޢަޒުމުގައިކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސިފައިން ޢަމަލާއި ބަހުން ސާބިތުކޮށްދެމުން އެ ގެންދަވަނީ، ސިފައިން މިއަހަރަށް ކަނޑައަޅާފައިވާ، "ސިފައިންގެ ހިތްވަރު – ޤައުމުގެ ސަލާމަތް" މި ޝިޢާރުގެ ތެދުކަން ކަމަށެވެ. އަދި މިކަމުން އެނގިގެން މިދަނީ، ސިފައިންނަކީ އެމީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ވުރެ، ރައްޔިތުންގެ ސަލާމަތަށް އިސްކަން ދޭ ބައެއްކަމުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކޯވިޑް-19" އިން ދިވެހިރާއްޖެ ރައްކާތެރިކުރުމަށް މިކުރާ މަސައްކަތުގަ ވެސް ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި، ހަރުދަނާކަމާއި، ޤާބިލްކަމާއި، ޤައުމަށް ޚިދުމަތްކުރުމުގަ އެއްވެސް ވަރުބަލިކަމެއް ނެތި، ސާބިތުވެ ތިބޭތަންކަން ފާހަގަކުރައްވައި، މި ނާޒުކު ދަނޑިވަޅުގައި، ސިފައިންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުމާއި ގެންގުޅުއްވާ ކެތްތެރިކަން، އުފަލާ، ޝުކުރުވެރިކަމާ ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާއިތުވެގެން މިދިޔަ އަހަރަކީވެސް، ރައްޔިތުންގެ ފުރާނައާ މުދާ ސަލާމަތް ކުރުމުގައި އަގުނުކުރެވޭހާ މުހިންމު މަސައްކަތްތަކެއް، ދިވެހި ސިފައިން ކޮށްފައިވާ އަހަރެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިދިޔަ އަހަރުގެ އަޟްޙާ ޢީދު ބަންދު ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރައާއި، ހދ. ނޮޅިވަރަންފަރު ލޯންޗު ބަންޑުން ޖަހާލި ހާދިސާއާއި، މާލޭގެ ހިނގި ނުރައްކާތެރި އަލިފާނުގެ ދެ ހާދިސާގައި ދިވެހި ސިފައިން ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވައި، އެކަންކަމުގައި ބައިވެރިވި ސިފައިންނަށް، އެމަނިކުފާނު އިޚްލާޞްތެރިކަމާ އެކު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ވޭތުވެދިޔަ އަހަރަކީ، އާންމު ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާ މެދު އޮންނަ އިތުބާރާ ޔަޤީންކަން ބޮޑުވެ، ސިފައިންގެ ޤައުމީ ޚިދުމަތް އިތުރަށް ފުޅާކުރެވި، ތަރުތީބު ކުރެވުނު އަހަރެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ، ވޭތުވެދިޔަ އަހަރުގެ ތެރޭ، ސިފައިންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ސިފައިންގެ އިސްވެރިންނާއި ހުރިހާ ރޭންކުތަކުގެ ސިފައިންނާއި އަދި ދިވެހި ސިފައިންގެ ލޮބުވެތި ޢާއިލާތަކަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އެމަނިކުފާނު ފޮނުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވި ގޮތުގައި ދިވެހި ސިފައިންގެ ދުވަސް ފާހަގަކުރާއިރު، ސިފައިންގެ ކޮންމެ މީހެއްގެ ހަނދާނުގައި ތާއަބަދު ހަރުލާފައި ހުންނަންޖެހޭނެ ކަމަކީ، ސިފައިންނަކީ، ދިވެހި ރައްޔިތުންގެ އުންމީދާ މަޞްލަޙަތު، އެބަޔަކާ އެންމެ ބޮޑަށް ގުޅިފައިވާ މީހުންކަމާއި ދިވެހި ރައްޔިތުންނާ ދިވެހި ދައުލަތުގެ ފަޚުރާއި ޝަރަފަކީ، ޤައުމާއި ރައްޔިތުން ދިފާޢުކުރުމަށް، ސިފައިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ސާބިތުކަމާއި ވަރުގަދަ ޢަޒުމްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޚިޠާބުގައި ދިވެހި ޢަސްކަރިއްޔާއަކީ ދިވެހި ރައްޔިތުންނާ ދިވެހި ދައުލަތުގެ ދިފާޢީ އައްޑަނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދިވެހި ޢަސްކަރިއްޔާގެ ޢަޒުމަކީ، ސިފައިންގެ އެންމެ ފަހު މީހާގެ، އެންމެ ފަހު ނޭވާއާ ޖެހެންދެންވެސް، ޤައުމުގެ ޙައްޤުގައި ޤުރްބާންވުންކަން ފާހަގަކުރައްވައި މިއަހަރުގެ ސިފައިންގެ ދުވަސް މިފާހަގަކުރަނީ، ހަމައެފަދަ ވަރުގަދަ ޢަޒުމެއްގައި، ޤައުމީ ވަރަށް މުހިންމު މަސައްކަތެއްގައި، ދިވެހި ސިފައިން ޚިދުމަތް ކުރަމުން އަންނަ ދުވަސްވަރެއްގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މުޅި ދުނިޔެއާއި އަދި ރާއްޖޭގައިވެސް މިހާރު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކަލުން، ދިވެހި ޤައުމު ރައްކާތެރިކުރުމަށް މި ކުރާ ޤައުމީ މަސައްކަތުގައި ދިވެހި ސިފައިން އަދާކުރަމުން ގެންދަވަނީ ވަރަށް މުހިންމު ދައުރެއްކަން ފާހަގަކުރައްވައި މި ނުރައްކާތެރި މަސައްކަތުގެ ކުރީ ސަފަށް، ދިވެހި ސިފައިން ނުކުމެ އެތިބީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ވަރުގަދަ ޢަޒުމުގައިކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސިފައިން ޢަމަލާއި ބަހުން ސާބިތުކޮށްދެމުން އެ ގެންދަވަނީ، ސިފައިން މިއަހަރަށް ކަނޑައަޅާފައިވާ، "ސިފައިންގެ ހިތްވަރު – ޤައުމުގެ ސަލާމަތް" މި ޝިޢާރުގެ ތެދުކަން ކަމަށާއި މިކަމުން އެނގިގެން މިދަނީ، ސިފައިންނަކީ އެމީހުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ވުރެ، ރައްޔިތުންގެ ސަލާމަތަށް އިސްކަން ދޭ ބައެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ކޯވިޑް-19" އިން ދިވެހިރާއްޖެ ރައްކާތެރިކުރުމަށް މިކުރާ މަސައްކަތުގަ ވެސް ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި، ހަރުދަނާކަމާއި، ޤާބިލްކަމާއި، ޤައުމަށް ޚިދުމަތްކުރުމުގަ އެއްވެސް ވަރުބަލިކަމެއް ނެތި، ސާބިތުވެ ތިބޭތަންކަން ފާހަގަކުރައްވައި މި ނާޒުކު ދަނޑިވަޅުގައި، ސިފައިންގެ ޢާއިލާތަކުން ދެއްވާ އެއްބާރުލުމާއި ގެންގުޅުއްވާ ކެތްތެރިކަން، އުފަލާ ޝުކުރުވެރިކަމާ ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާއިތުވެގެން މިދިޔަ އަހަރަކީވެސް، ރައްޔިތުންގެ ފުރާނައާ މުދާ ސަލާމަތް ކުރުމުގައި އަގުނުކުރެވޭހާ މުހިންމު މަސައްކަތްތަކެއް، ދިވެހި ސިފައިން ކޮށްފައިވާ އަހަރެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިދިޔަ އަހަރުގެ އަޟްޙާ ޢީދު ބަންދު ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރައާއި، ހދ. ނޮޅިވަރަންފަރު ލޯންޗު ބަންޑުން ޖަހާލި ހާދިސާއާއި، މާލޭގެ ހިނގި ނުރައްކާތެރި އަލިފާނުގެ ދެ ހާދިސާގައި ދިވެހި ސިފައިން ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވައި، އެކަންކަމުގައި ބައިވެރިވި ސިފައިންނަށް، އެމަނިކުފާނު އިޚްލާޞްތެރިކަމާ އެކު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ވޭތުވެދިޔަ އަހަރަކީ، އާންމު ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާ މެދު އޮންނަ އިތުބާރާ ޔަޤީންކަން ބޮޑުވެ، ސިފައިންގެ ޤައުމީ ޚިދުމަތް އިތުރަށް ފުޅާކުރެވި، ތަރުތީބު ކުރެވުނު އަހަރެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ، ވޭތުވެދިޔަ އަހަރުގެ ތެރޭ، ސިފައިންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.