ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19، ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ފެތުރުން ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާތީ، 15 މާރިޗު 2020 އިން ފެށިގެން "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އިން ކުރިއަށްގެންދާ، "ހިޔާ" މަޝްރޫޢަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލެއްވުމަށް ނިންމަވައިފިއެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން މި ފިޔަވަޅު އަޅުއްވާފައިވަނީ ހުރިހާ ފަރާތްތަކެއްގެ ވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްސަދުގައިކަމަށާއި މި މަސައްކަތް އަލުން ފެށުމުގެ ކުރިން އެކަން ޢާންމުކޮށް އިޢުލާންކުރެވޭނެކަމަށް ކޮމެޓީން ވިދާޅުވެއެވެ.