ކޮވިޑް-19 އަކީ ޕެންޑެމިކެއް ކަމަށް ޑަބްލިޔޫ.އެޗް.އޯ އިން އިޢުލާނުކުރުމާ ގުޅިގެން އަޅުއްވަންޖެހޭ އިތުރު ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި މިހާރު ޔެލޯ އެލަރޓް ނެރެފައިވުމާއެކު، ރޯގާޖެހިފައިވާ މީހުންގެ ނިސްބަތް އިތުރުވަމުންދާނަމަ، ރޯގާގެ ޙާލަތު އޮރެންޖް އެލަރޓަށް ބަދަލުކުރަން ޖެހިއްޖެ ހިނދެއްގައި ކަންތައްތައް ގެންދާނެގޮތާއި، އިތުރަށް އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ސަރުކާރުގެ ހުރިހާ ވުޒާރާއަކުން މިކަމަށް ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ.