ކޮމަންވެލްތު ޤައުމުތަކުގައި ހިންގާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަދަލުގެންނަވައިފިއެވެ.
ދިވެހިރާއްޖެއަކީ ކޮމަންވެލްތުގެ މެންބަރު ޤައުމެއްގެ ގޮތުގައި އަލުން ހަމަޖެއްސެވުމާ ގުޅިގެން، ކޮމަންވެލްތު ޤައުމުތަކުގައި ހިންގާ 7 ޑިޕްލޮމެޓިކް މިޝަންގެ ނަމަށް، 2020 ފެބުރުވަރީ 1 ވަނަ ދުވަހުން ފެށިގެން ގެންނަވާފައިވާ ބަދަލުގެ ތަފްސީލާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި މިހާރުވަނީ އާންމު ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައިވާ މި ލިންކުން ކަމާގުޅޭ ދެންނެވުން ފެނިވަޑައިގަންނަވާނެއެވެ.