ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަޤާމަށް، ގދ. ތިނަދޫ، ޑެން، މުޙައްމަދު ނާޞިޙް ރަޝީދު ޢައްޔަނު ކުރައްވައިފިއެވެ.

މުޙައްމަދު ނާޞިޙް ރަޝީދު މީގެ ކުރިން ހުންނެވީ ހުވަދުއަތޮލު ދެކުނުބުރީ އަތޮޅު ކައުންސިލުގެ ރައީސްގެ މަޤާމުގައެވެ. މުޙައްމަދު ނާޞިޙް ރަޝީދު ކުރިން ވަނީ އެ ކައުންސިލުގެ މެންބަރެއްގެ މަޤާމުވެސް ފުރުއްވާފައެވެ.

މުޙައްމަދު ނާޞިޙް ރަޝީދަކީ ބެޗެލަރ އޮފް ޝަރިޢާ އެންޑް ލޯ އަށް ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ ކުރިން ނާޞިޙް ވަނީ ޑިޕްލޮމާ އިން ޕްރޮޖެކްޓް މެނޭޖްމަންޓާއި، އެޑްވާންސް ސެޓިފިކެޓް އިން ޔޫތް ޑިވެލޮޕްމަންޓާއި، އޮފީސް އެޑްމިނިސްޓްރޭޝަން އަދި ޕާކިސްތާނުން ނެޝަނަލް ސަޕޯޓް ޕްރޮގްރާމްގެ ކޯހެއް ވެސް ފުރިހަމަ ކުރައްވާފައެވެ.