ޤާނޫނު އަސާސީގެ ދަށުން ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމުގެ މަޤާމަށް ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާއަށް ނަންފުޅެއް ހުށަހަޅުއްވައިފިއެވެ.

މިގޮތުން އެމަނިކުފާނު ހުށައަޅުއްވާފައިވަނީ ހދ. ވައިކަރަދޫ، ވައިޖެހޭގޭ އަލްއުސްތާޛް އަޙްމަދު ފާއިޒް ޙުސެއިން ގެ ނަންފުޅެވެ. އެމަނިކުފާނަކީ ކުރީގައި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރިކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.