ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، ޢައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހެންވޭރު ހިޔާކަން އަލްއުސްތާޛު ހުޞައިން ޝަމީމުގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ޢައްޔަންކުރުމަށް އަލްއުސްތާޛު ހުޞައިން ޝަމީމުގެ ނަންފުޅު މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައި ވަނީ މިހިނގާ ޑިސެންބަރު މަހުގެ 1 ވީ އާދިއްތަ ދުވަހުއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅެއް ފޮނުއްވާފައި މިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު ގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ގަލޮޅު ސައިމާ، އަލްއުސްތާޛާ ޢާއިޝަތު ބިސާމް، 28 ނޮވެންބަރު 2019 ގައި އެ މަގާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވެފައިވާތީއެވެ.