ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފާދިއްޕޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ލާމަރްކަޒީ އުޞޫލުން އަތޮޅުތައް ހިންގުމާ ބެހޭގޮތުން، ނ. ރ. ބ. ޅ، މި 4 އަތޮޅަށް އަމާޒު ކުރައްވައިގެން، ފެލިވަރުގައި މިއަދު ބާއްވަވާ ވާރކްޝޮޕް އިފްތިތާޙު ކޮށްދެއްވާނެއެވެ.

މިދަތުރުފުޅުގައި އެއަތޮޅު ކުރެންދުއަށާއި، ހިންނަވަރަށާއި، ނައިފަރަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެއެވެ.