ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ގދ. މަޑަވެލި، މޭނާ، އަލްއުސްތާޛު މަޙާޒް އަލީ ޒާހިރު އައްޔަން ކުރެއްވުމާމެދު ޖުޑީޝަލް ސާރވިސަސް ކޮމިޝަން (ޖޭ.އެސް.ސީ.)ގެ ލަފާފުޅެއް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މަހާޒް ޢަލީގެ ނަންފުޅު މިއަދު އެކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސްޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރެއްވުމަށް ބޭފުޅެއްގެ ނަންފުޅު ޖޭއެސްސީއަށް ފޮނުއްވާފައި މިވަނީ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) އާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.