ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭގެ ގަވަރުނަރުކަމުގެ މަޤާމަށް މައްޗަންގޮޅި މއ. ޑާޗާ، ޢަލީ ޙާޝިމް ޢައްޔަން ކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް މިއަދު ރައްޔިތުންގެ މަޖުލީހަށް ފޮނުއްވައިފިއެވެ. ޢަލީ ޙާޝިމަކީ 2008 އިން 2010 އަށް މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.