ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ނައިބުގެ މަޤާމަށް ގއ. ދާންދޫ، ކާމިނީގެ، އަޙްމަދު މުޖާހިދު ޢައްޔަނު ކުރައްވައިފިއެވެ.

މިހިނގާ ޖުލައި މަހުގެ 11 ވަނަ ދުވަހު މަގާމަށް ހަމަޖެއްސެވި އަޙްމަދު މުޖާހިދަކީ މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީއިން މާސްޓަރ އޮފް އެޑިއުކޭޝަން ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. އަޙްމަދު މުޖާހިދު މީގެ ކުރިން އަދާކުރައްވައިފައިވާ މަޤާމުތަކު ތެރޭގައި އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަޤާމާއި، އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމާއި، އިސްކަންދަރު ސްކޫލްގެ ލީޑިން ޓީޗަރގެ މަޤާމާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ޕާޓް ޓައިމް ލެކްޗަރަރގެ މަޤާމު ހިމެނެއެވެ.